މެގަސްކޯޕް ވައިޓްބޯޑަކީ އޮންލައިންކޮށް ކިޔަވައިދިނުމަށް ވެސް އަދި ފިޒިކަލް
ކުލާސްރޫމުގައި ވެސް ވައިޓްބޯޑުގެ ބަދަލުގައި ބޭނުންކުރެވޭނެ ޑިޖިޓަލް
ބޯޑެކެވެ. މިއީ "މެގަސްކޯޕް.ކޮމް" މި ސައިޓުގައިވާ ޓޫލްތަކުގެ ތެރެއިން
ޓޫލެކެވެ. މިއީ ތައުލީމީ ދާއިރާގެ އިތުރުން ވިޔަފާރިވެރިންނަށް، އަދި
އާންމުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވައިޓްބޯޑެކެވެ. މި
ބޯޑަކީ އެއްވެސް އަގަކާ ނުލައި ބޭނުންކުރެވޭ، ވައިޓްބޯޑެކެވެ. އިނގިރޭސި އާއި
ދިވެހި ވެސް މި ބޯޑުގައި ލިޔެވޭ ގޮތަށް ފަރުމާކޮށްފައިވާއިރު، ތަފާތު
ބައްޓަންތައް ބޭނުންކޮށްގެން ބޯޑުގައި ކުރަހާ، ލިޔެ ވެސް ހެދެއެވެ. ތަފާތު
ކުލަތަކުން ލިޔެވޭ އެތަކެއް އައިކޮންތަކެއްވެއެވެ. އަދި ކޮންމެ އައިކޮންއަކުން
ތަފާތު ބައްޓަންތައް ސެލެކްޓްކުރެވެން ހުރެއެވެ. މިއީ ވަކިވަކިންނާއި އަދި
ގުރޫޕުގައި މަސައްކަތްކޮށްލަން ފަސޭހަ މަންސައެކެވެ.
މެގްސްކޯޕް ވައިޓްބޯޑް ބޭނުންކުރާގޮތް ފަރިތަކޮށްލުމަށް
މިލިންކަށް ފިތާލާ!
މެގަސްކޯޕް ވައިޓްބޯޑް ބޭނުންކުރާ ގޮތް
ވީޑިއޯ: މެގަސްކޯޕް ވައިޓްބޯޑް ބޭނުންކުރާ ގޮތް.
ކިޔަވައިދިނުމުގައި މެގަސްކޯޕް ވައިޓްބޯޑް ބޭނުންކުރާނެ ގޮތް
މެގަސްކޯޕް ވައިޓްބޯޑަކީ ދަރިވަރުންގެ ބައިވެރިވުން ލިބޭ ގޮތަށް، އެއް
މަންސައެއްގައި ގިނަ ބަޔަކަށް މަސައްކަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ
ބޯޑެކެވެ. ފިލާވަޅުތައް އޮޅުންފިލުވައިިދިނުމަށް މި ބޯޑު ބޭނުންކުރެވޭނެއެވެ.
ދަރިވަރުންގެ ހިޔާލު ހޯދުމަށާއި، އިތުރަށް އޮޅުންފިލުވުމަށާއި، މުދައްރިސް ދެކޭ
ގޮތް ހާމަކުރުމަށް ވެސް މި ބޯޑު ބޭނުންކުރެވޭނެއެވެ. ހަމައެހެންމެ ދަރިވަރުންގެ
ފެންވަރު ވަޒަންކުރުމަށް ވެސް މި ބޯޑް ބޭނުންކުރެވޭނެއެވެ. އެހެންކަމުން މި
ޓޫލްއަކީ ދަރިވަރުންގެ ބައިވެރިވުން ލިބޭ ގޮތަށް، ޝައުޤުވެރިކަމާއެކުގައި
ފިލާވަޅު ކުރިއަށް ގެންދެވޭނެ ފަސޭހަގޮތެއް ވެސް މެއެވެ. މި ބޯޑަކީ ފްރީކޮށް
ބޭނުންކުރެވޭ ބޯޑަކަށްވުމުން، ކިޔަވައިދިނުމުގައި މި ބޯޑް ބޭނުންކުރުމަކީ ލިބޭ
ވަރަށް ބޮޑު ލުޔެކެވެ.
މުދައްރިސުން މެގަސްކޯޕް ވައިޓްބޯޑް ބޭނުންކުރާނެ ގޮތް
މެގަސްކޯޕް ވައިޓްބޯޑަކީ މުދައްރިސުން، ކިޔަވައިދިނުމަށް ބޭނުންކުރެވޭނެ
ބޯޑެކެވެ. މިގޮތުން ރިކުއެސްޓް އަ ޕުރައިވެޓް ސެޝަންއަށް ފިތާލުމުން، ލިބޭ
ޔޫއާރްއެލް، ދަރިވަރުންގެ މެއިލްއަށް ފޮނުވާލެވިދާނެއެވެ. ދަރިވަރުން ލައްވައި
ވަކިވަކިން މަސައްކަތް ކުރަން ބޭނުންނަމަ، ކޮންމެ ދަރިވަރަކަށް ވަކި
ޔޫއާރްއެލްއެއް ފޮނުވިދާނެއެވެ. ގުރޫޕުގައި މަސައްކަތް ކުރުވަން ބޭނުންނަމަ،
ކޮންމެ ގުރޫޕަކަށް ވަކި ޔޫއާރްއެލްއެލްއެއް ފުނިވިދާނެއެވެ. އެހެންނަމަވެސް
މުދައްރިސަށް މި ހުރިހާ ބޯޑުތަކެއް ފެންނާނެއެވެ. ދަރިވަރުންގެ
މަސައްކަތްތަކަށް ކޮމެންޓެއް ކުރަން ބޭނުންނަމަ، ނުވަތަ ޑިސްކަޝަނެއް ގެންދަން
ބޭނުންނަމަ، "ޕޯސްޓް" ބައިގައި ލިޔުމަށްފަހު "ޕޯސްޓް" ކޮށްލެވޭނެއެވެ. ޑިޖިޓަލް
ބޯޑުތަކުގެ ތެރެއިން މި ބޯޑަކީ އިނގިރޭސީގެ އިތުރުން ދިވެހިން ވެސް ލިޔެވޭ
ބޯޑެކެވެ. އެހެންކަމުން "ދިވެހި" މާއްދާ ކިޔަވައިދޭ މުދައްރިސުންނަށް ވެސް މި
ބޯޑު ފަސޭހަކަމާއެކުގައި ބޭނުންކޮށްލެވޭނެއެވެ.
ދަރިވަރުން މެގަސްކޯޕް ވައިޓްބޯޑް ބޭނުންކުރާނެ ގޮތް
މި ބޯޑު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ވެސް ބޭނުންކުރެވޭނެ ގޮތަށެވެ.
މިގޮތުން އެކުދިންނަށް ވެސް ގުރޫޕްތައް ހަދައި، ނުވަތަ ވަކިވަކިން ވެސް މި
ބޯޑު ބޭނުންކޮށްގެން ފިލާވަޅުތައް ހަދައި، އެކިއެކި މައުޟޫއުތަކަށް
ޑިސްކަސްކޮށް ހެދޭނެއެވެ. ފޮޓޯ އާއި ކުރެހުމުގެ ތެރެއިން ކިޔެވުން ކުރިއަށް
ގެންދެވޭނެއެވެ. އެހެންކަމުން މިއީ ދަރިވަރުން ވެސް ކިޔެވުން
ތަރައްޤީކުރުމަށް ބޭނުންކުރެވޭނެ މަންސައެކެވެ.
ކިޔަވައިދިނުމުގައި މެގަސްކޯޕް ވައިޓްބޯޑް އެހީތެރިވެދޭ ގޮތް
މެގަސްކޯޕް ވައިޓްބޯޑަކީ ބޭނުންކޮށްލަން ފަސޭހަ ވައިޓްބޯޑެކެވެ. ދަރިވަރުންެގެ
ބައިވެރިވުން ލިބި، ޝައުޤުވެރިކަމާއެކުގައި ކުލާސް ކުރިއަށް ގެންދެވޭނެ
ގޮތެކެވެ. މުދައްރިސުންނާ ދަރިވަރުންނަށް "ވަރޗުއަލް"ކޮށް ކިޔަވަން ވެސް
ފުރުސަތު ހޯދައިދޭ އެއްޗެކެވެ.
#
|
މުދައްރިސުންނަށް ލިބޭނެ ފައިދާތައް
|
ދަރިވަރުންނަށް ލިބޭނެ ފައިދާތައް
|
1
|
ފަސޭހައިން ފިލާވަޅުތައް ހިއްސާކޮށްލެވޭނެ.
|
ގުރޫޕް ޑިސްކަޝަންތައް ބާއްވާލެވޭނެ.
|
2
|
ގިނަ ދަރިވަރުންތަކެއް ހިމަނައިގެން ކިޔަވައިދެވޭނެ.
|
އާރޓިސްޓިކް މަސައްކަތްތައް ކޮށްލެވޭނެ.
|
3
|
ދަރިވަރުގެ ފެންވަރު ވަޒަންކޮށްލަން ފަސޭހަވާނެ.
|
ފަސޭހަކަމާއެކުގައި، ކޮންމެ ވަގުތަކު ވެސް
ބޭނުންކޮށްލެވޭނެ.
|
ކިޔަވައިދިނުމުގައި މެގަސްކޯޕް ވައިޓްބޯޑް ބޭނުންކުރުމުގައި ހުރި
ގޮންޖެހުންތައް
މުދައްރިސުންނަށް ހުރި ގޮންޖެހުންތައް
|
ދަރިވަރުންނަށް ހުރި ގޮންޖެހުންތައް
|
މަދު
ފީޗާރސްރތަކެއް އެވައިލަބަލްވުން
|
ދަރިވަރުންނަށް
ދޭހަވި މިންވަރު ބުނެދެވެން ނެތުން.
|
ރައިޓިންގ ފިލާވަޅުތައް ނުގެންދެވުން
|
ހިޔާލު ހުށަހެޅުމުގައި އުނދަގޫވުން.
|
އެތިކަލް ކޮންސިޑަރޭޝަން އޮފް މެގަސްކޯޕް ވައިޓްބޯޑް
މެގަސްކޯޕް ވައިޓްބޯޑް ބޭނުންކުރާ ކޮންމެ ޑިވައިސްއަކަށް ވެސް "ޑޮމެއިން"
ނަމެއް ދިނުމަށްފަހު، ނަންބަރެއް ދެވެއެވެ. މި ބޯޑުގައި ޕުރައިވެޓް ސެޝަންގައި
ލިޔާ އެއްޗިއްސަކީ އެއަށް ރައްކާތެރިކަން ލިބިގެންވާ އެއްޗިއްސެވެ. އެބޭނުން
ކުރާ މީހާ، ޝެއަރ ކުރަން ބޭނުންވާ ފަރާތްތަކާ އެކަނި ޝެއަރކުރެވޭ ގޮތަށް
ފަރުމާކޮށްފައިވާ މި މަންސައަކީ، އެހެންމީހުންގެ އުފެއްދުންތަކަށް
ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މަންސައެކެވެ.