ޓެޑް-އެޑް
ކިޔަވައިދިނުމުގައި ޓެޑް-އެޑް ބޭނުންކުރާނެ ގޮތް
މުދައްރިސުން ޓެޑް- އެޑް ބޭނުންކުރާނެ ގޮތް
ލެސަން ޕްލޭން ތައްޔާރުކުުރުމަށް. |
ފިލާވަޅު އޮޅުންފިލުވައިދިނުމަށް. |
ފިލާވަޅާ ގުޅޭ މަސައްކަތް ދަރިވަރުންނާ ހަވާލުކުރުމަށް. |
އަމިއްލައަށް ލެސަންތައް ހެދުމަށްފަހު، އަޕްލޯޑް ކުރުމަށް. |
ދަރިވަރުން ޓެޑް- އެޑް ބޭނުންކުރާނެ ގޮތް
އަމިއްލަ މައުލޫމާތު މުއްސަނދިކުރުމަށް. |
"ސްޓޫޑެންޓް
ޓޯކް" ގައި ބައިވެރިވެ އެތަކެއް ދަރިވަރުންތަކަކާއެކުގައި
"ކޮލަބުރޭޓިވްކޮށް" މަސައްކަތްކުރުމަށް/ |
އަމިއްލަ ލެސަންތައް ހެދުމަށްފަހު، އަޕްލޯޑްކުުރުމަށް. |
ޓެޑް - އެޑް ކްލަބްގައި ބައިވެރިވެ، ދަރިވަރުގެ
ޤާބިލިއްޔަތުތައް ހަރުދަނާކުރުން. |
ޕްރެޒެންޓޭޝަންތަކާއި، ލެސަންތައް ހުށައަޅައި، އެވޯޑަށް
ކުރިމަތިލުން. |
ޓެޑް- އެޑަކީ ބޭނުންކޮށްލަން ފަސޭހަ ވެބްސައިޓެކެވެ. މިއަދުގެ "ޑިޖިޓަލް" ދުނިޔޭގައި ޓެޑް- އެޑް ފަދަ ވަސީލަތްތައް ކިޔަވައިދިނުމުގައި ބޭނުންކުރުމުން މުދައްރިސުންނާއި ދަރިވަރުންނަށް އެތަކެއް ފައިދާތަކެއް ލިބިގެންދާނެއެވެ.
ޓެޑް- އެޑް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް
މުދައްރިސުންނަށް ހުރި ގޮންޖެހުންތައް |
ދަރިވަރުންނަށް ހުރި
ގޮންޖެހުންތައް |
ވީޑިޔޯ ނޫން ލެސަންތަކުގައި
ކޮލިޓީ ތަފާތުވޭ. އަދި މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑު. ދަރިވަރުންނަށް ފިލާވަޅު
އޮޅުންފިލުވައިދިނުމުގައި މިއާއެކުގައި އެހެން ގޮތްތައް ބޭނުންކުރަން ޖެހޭ. |
ބައެއް ދަރިވަރުންނަށް
ފިލާވަޅޫ އޮޅުންފިލުވުމުގައި ދަތިތަކާ ކުރިމަތިވެދާނެ. އަދި އެކަންތައްތައް
ހައްލުކުރުމަށް އިތުރަށް އޮޅުންފިލުވައިނުދެވޭނެ. |
އެތިކަލް ކޮންސިޑަރޭޝަން އޮފް ޓެޑް–އެޑް
ޓެޑް- އެޑަކީ، ޓެޑް-ޓޯކްގެ "ގޮތްޕަކަށް" ވުމުން ޓެޑް-އެޑްގައި ވެސް
ބޭނުން ކުރަނީ، ޓެޑް- ޓޯކްގައި ބޭނުންކުރާ "ކުރިއޭޓިވް ކޮމަން
ލައިސެންސް" އެވެ. އެހެންކަމުން އެ ވެބްސައިޓްގައިވާ އުފެއްދުންތަކުގައި
"ކޮޕީރައިޓް" ލޯގޯ ޖަހާފައިވެއެވެ. ޓެޑް- އެޑްގެ އުފެއްދުންތައް
ފައިދާއެއް ލިބޭގޮތަށް ވިއްކުމަކީ މަނާކަމެކެވެ. ޕަބްލިޝްކޮށްފައިވާ
މަސައްކަތަކަށް ބަދަލެއް ގެނައުމަކީ ވެސް މަނާކަމެކެވެ. މިއީ
މައިގަނޑު ގޮތެއްގައި ޓެޑް- އެޑްގެ އެތިކަލް ކޮންސިޑަރޭޝަންގައި ހިމެނޭ
ބައިތަކެވެ.